ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ޒަކާތުގެ ގޮތުގައި 4 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ އެންމެ ފަހުގެ އަދާހަމަތަކުން ދައްކައިފިއެވެ.
ފަސޭހަ ކަމާއިއެކު ޢާންމުނަށް ޒަކާތްދެއްކޭނެ އިންތިޒާމްތައް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ހަމަޖައްސައިފައެވެ. އެގޮތުން އެސްއެމްއެސް މެދުވެރިކޮށާއި ބީއެމްއެލްގެ އިންޓަރނެޓް ބޭންކިން މެދުވެރޮކޮށްވެސް ޒަކާތް ދެއްކޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.
މީގެއިތުރުން މިފަދަ ވަސީލަތްތައް ބޭނުންކޮށްގެން ޒަކާތް ދައްކަން އުނދަގޫ ބޭފުޅުންނަށް އިސްލާމީ ވުޒާރާއަސް ވަޑައިގެން ޒަކާތް ދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސައިފައެވެ. މީގެިއތުރުން ގޮވާމުން ޒަކަތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ވަނީ ހުޅުވައިލައިފައެވެ.
މިހާތަނަށް ދައްކާފައިވާ ފިޠުރު ޒަކާތުގެ ފައިސާގެ ތަފްސީލް:
އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާ: 408324 ރުފިޔާބޭންކް އޮފް މޯލްޑިވްސް: 2.2 މިލިއަން ރުފިޔާމޯލްޑިވްސް އިސްލާމިކް ބޭންކް: 739219 ރުފިޔާބަނޑޭރި ޕޭ: 317404 ރުފިޔާދިރާގު: 191469 ރުފިޔާއުރީދޫ: 177310 ރުފިޔާފަހިޕޭ: 380719 ރުފިޔާ
ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 63389 މީހުން އާދައިގެ ހަނޑުލުން ޒަކާތް ދައްކާފައިވެއެވެ. އަދި ބާސްމަތީ ހަނޑުލުން 14567 މީހުން ޒަކާތް ދައްކާފައިވާއިރު، އެންމެ މޮޅު ހަނޑުލުން ޒަކާތް ދައްކާފައިވަނީ 10779 މީހުންނެވެ. އަދި އާޓާ ފުށާއި އާދައިގެ ފުށުން ވެސް ބައެއް މީހުން ވަނީ ޒަކާތް ދައްކާފައެވެ.






