Close

ނައިބުރައީސް ހުސެއިން ހިލާލީ ގެއަށް ބަދަލުވެވަޑައިގެންފި!

ނައިބުރައީސް ހުސެއިން މުޙައްމަދު ލަތީފް ހިލާލީ ގެއަށް ދިރިއުޅުން ބަދަލުކުރައްވައިފިއެވެ.

އެމަނިކުފާނު ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ނައިބު ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިވީ ހަތަރު މަސް ދުވަހަށް ވުރެ ގިނަ ދުވަހު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އެމަނިކުފާނު އާއިލާއާއި އެކު އަމިއްލަ އެޕާޓްމަންޓެއްގައެވެ.

ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގަތުން ފަސް ކުރެއްވީ އެ ގެ ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައި ހުރުމުންނެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހިލާލީގޭގައި އުޅުއްވި ދުވަސްވަރު ވެސް އެ ގެ ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހުނެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ކަރަންޓުގެ މައްސަލަ ޖެހުމާއި ވާރޭ ވެހިއްޖެ ނަމަ ފެން ފޭބުމުގެ މައްސަލަތައް ކުރިމަތިވެ، އެ ކަންކަމަށް ވަގުތީ ހައްލުތަކެއް ގެންނަން ޖެހުނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަ ގެކޮޅު ކަމުގައިވާ މ. ދިމްޔާތުގައި ހުންނެވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގެއަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހުއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top