Close

ޢީދު ދުވަހު ރައީސްގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން އޮންނާނެ!

ފިތުރު ޢީދު ދުވަހު ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން އޮންނާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ، ރައީސް ޑރ.މުއިއްޒުގެ ދެ ކަނބަލުން ޢީދު ސަލާމް ކުރުން ކުރިއަށްދާނީ ޢީދު ދުވަހުގެ ހެނދުނު 9:30 ން 10:30 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައި ކަމަށެވެ.

މި ސަލާމް ކުރެއްވުމުގައި އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުން ހިމެނޭހެން ޢާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވުމަށް ރައީސް ޑރ.މުއިއްޒުގެ ދެކަނބަލުން ދައުވަތު އަރުއްވައެވެ.

ރައީސް ޑރ.މުއިއްޒުގެ ދެކަނބަލުންނާއި އެކު ޢީދު ސަލާމް ކުރުމަށް އަންނަ ފަރާތްތަކުން މުލިއާ ގެއަށް ވަނުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށާއި، މުލިއާ ގެއަށް ވަދެވޭނީ ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top