Close

ގޮވާމުން ދެއްކި ފިތުރު ޒަކާތް ބަހަން ފަށައިފި!

ޒަކާތުގެ ގޮތުގައި ދެއްކި ގޮވާމުގެ ބާވަތްތައް ބަހަން ފަށައިފިއެވެ.

ޒަކާތު ހައުސް އިން ބުނެފައިވަނީ ގޮވާމުގެ ބާވަތްތަކުން ޒަކާތް ބެހުން ކުރިއަށްދާނީ މިއަދާއި މާދަމާގެ ވަގުތުތަކުގައި ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 11:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 20:30 އިން 22:30 އަށް ޒަކާތް ބެހުން ކުރިއަށް ދާނެއެވެ.

މާދަމާ ގޮވާމުން ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:00 އިން ހަވީރު 15:30 އަށް އަދި ރޭގަނޑު 20:30 އިން 22:30 އަށެވެ.

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށެވެ.

ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، އަދި ފުށުގެ ބާވަތްތަކުގެ ތެރެއިން ގޮދަން ފުށް، އަދި އާޓާ ފުށުންނެވެ.

ގޮވާމުން ފިޠުރު ޒަކާތް ދައްކަން ޖެހޭނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top