Close

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތް އަކަށް ޝައިޚް ޢިއްޒުއްދީން!

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތްގެ މަޤާމަށް އައްޝައިޚް ޢިއްޒުިއްދީން ޢަދްނާން ހަމަޖައްސަވައިފިއެވެ.

ޝައިޚް ޢިއްޒައްދީން މިމަޤާމަށް އައްޔަނުކުރެއްވީ ރޭ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޝައިޚް ޢިއްޒައްދީންއަކީ 2008 ވަނަ އަހަރުން ފެށިގެން މިވުޒާރާގެ އެކިއެކި މަޤާމްތައް ފުރައްވަމުން އަންނަ ބޭފުޅެކެވެ. ފަޟީލަތުއްޝައިޚް ޢިއްޒައްދީން އެންމެ ފަހުން ފުރުއްވާފައިވަނީ މި ވުޒާރާގެ މުސާޢިދު ވާޢިޒުގެ މަޤާމެވެ.

ޝައިޚް ޢިއްޒުއްދީން މަތީތަޢުލީމް ޙާސިލްކުރައްވައިފައިވަނީ ޕާކިސްތާނުގެ އިސްލާމީ އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް

ޔުނިވަރސިޓީއިންނެވެ. އަދި މިހާރު ޝައިޚް ދަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ޕީއެޗްޑީ ހާސިލްކުރައްވަމުންނެވެ.

ޝައިޚް ޢިއްޒައްދީން ވަނީ 2016 ވަނަ އަހަރު މާސްޓަރ އޮފް ޝަރީޢާ ކޯސް ފުރިހަމަ ކުރައްވާ ބުކް ޕްރައިޒްވެސް ހާސިލްކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އުފެއްދެވީ 18 ޑިސެމްބަރ 2023ގައެވެ. އަދި މި އަހަރު ޖެނުއަރީ 2 ވަނަ ދުވަހު އެމަނިކުފާނު ވަނީ 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އިފްތިތާހްކޮށްދެއްވައިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top