Close

މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން 6 ގެއެއްގެ މީހުންނަށް ވަގުތީހިޔާ ފޯރުކޮށްދީފި!

މާލެ ސިޓީ އަށް އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން ގެއްލުންވި 6 ގެއެއްގެ މީހުންނަށް ވަގުތީ ހިޔާ ފޯރުކޮށްދީފިއެވެ.

އެންޑީއެމް އިން ބުނެފައިވަނީ ވިއްސާރައިގެ ސަބަބުން 6 ގެއެއްގެ 42 މީހަކަށް ވަގުތީ ހިޔާ ފޯރުކޮށްދީފައިވާކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް އިއްޔެ ކުރި ވިއްސާރައިގެ އަދާހަމަ ހާމަކޮށް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފައިވަނީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ފެންވަދެގެން ޖުމްލަ 132 ތަނަކުން ރިޕޯޓު ކޮށްގެން 122 ތަނަކަށް އެޓެންޑުވެ 104 ތަނެއްގައި ޖުމްލަ 732 ވެލިބަސްތާ ޖަހާފައިވާ ކަމަށެވެ.

އަދި އެއިގެ ތެރެއިން ދިރިއުޅެން ދަތިވާކަމަށް ރިޕޯޓު ކުރެވުނު 10 ގެއެއްގެ ރެޕިޑު އެސެސްމެންޓް ދިވެހި ރެޑް ކްރެސެންޓުގެ އެހީތެރިކަމާއިއެކު ނިންމާފައިވާ ކަމަށާއި ދިރިއުޅެން ދަތިވާކަމަށް ފާހަގަ ކުރެވުނު ހަ ގެއެއްގެ ޖުމްލަ 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން އެއް ރެއަށް ހަމަޖައްސާދެވިފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި އަތޮޅު ތެރެއަށް ކުރި ވިއްސާރައިގައި ށ.ފީވަކުގެ 20 ގެއަކަށާއި ށ. ފޯކައިދޫގެ ތިން ގެއަކަށް ގެއްލުން ލިބިފައިވެއެވެ.

އަދި ތ.ހިރިލަންދުއާއި ތ.ވަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާއިރު މި ހާދިސާގައި ވަންދޫގެ އެއް ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top