Close

ހިތާދޫ ދާއިރާގެ ސަރުކާރު ކެނޑިޑޭޓް ސިރުޙާން ވަރަށް ތަފާތު!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބ.ހިތާދޫ ދާއިރާއަށް ސަރުކާރުގެ ކެނޑިޑޭޓެއްގެ ގޮތުން ވާދަކުރައްވަނީ މުޙައްމަދު ސިރުޙާން އެވެ.

ސިރުޙާން އަކީ ބ.ދަރަވަންދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި ސިރުހާން އަކީ ވިޔަފާރިވެރިއެކެވެ.

ކުރިއަށް މަޖިލިސް އިންތިޚާބުގައި ސިރުޙާން ވާދަކުރައްވާއިރު އޭނާގެ މެނިފެސްޓޯ ގައި ފާހަގަ ކުރަންޖެހޭ ފަދަ ސިޔާސަތުތަކެއް ވަނީ އެކުލަވައިލައްވައިފައިވެއެވެ.

އެގޮތުން ހިތާދޫ ދާއިރާގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ދޮށީ އުމުރުގެ ހުރިހަ ފަރާތްތަކަށް ބޭނުންވާ ޚާއްސަ ކަންތައްތައް ބަލައި ހޯދައި ބެލުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ސިރުޚާންގެ މެނިފެސްޓޯގައި ބުނެފައިވެއެވެ.

މީގެއިތުރުން ސަރުކާރާއި ގުޅިގެން ދާއިރާގެ ކޮންމެ ރަށެއްގައި ޒުވާނުންގެ މަރުކަޒެއް ޤާއިމްކޮށްދޭނެކަމަށް ބުނެފައިވެއެވެ. ހިތާދޫ ދާއިރާގެ ކޮންމެ ރަށަކުން 1 ބޭފުޅަކަށް ޢުމްރާ ދަތުރެއް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ސިރުޙާންގެ މެނިފެސްޓޯގައި ބުނެފައިވެއެވެ.

ހަމަމިއާއި އެކު ހިތާދޫ ދާއިރާގައި ތިބި ކިޑްނީ ބަލީގެ ފަރާތްތަކަށް ފަސޭހަކަމާއި އެކު ޑައިލެސިސް ހެއްދުމުގެ އިންތިޒާމް ހަމަޖައްސަވާނެކަމަށްވެސް މެނިފެސްޓޯގައި ބުނެފައިވެއެވެ.

އަދި ހިތާދޫ ދާއިރާގެ ކޮންމެ ރަށެއްގެ ސްކޫލުން އެންމެ މޮޅު 3 ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާ ކުރެވޭނެ ކަމަށްވެސް ސިރުޙާންގެ މެނިފެސްޓޯގައި ބުނެފައިވެއެވެ.

ހިތާދޫ ދާއިރާއަށް އަރައިފައިބާ، އަދި ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްއަށް އެތެރެވެވޭ ވައިގެ ދޮރޯށި ތަރައްޤީ ކުރުމަށްޓަކައި ސަރުކާރާއި، ކުންފުނިތަކާއި ގުޅިގެން މަސައްކަތްކޮށްދެވޭނެ ކަމަށްވެސް މެނިފެސްޓޯގައި ވަނީ ބުނެފައެވެ.

ހިތާދޫ ދާއިރާއަކީ އަލަށް އުފައްދައިފައިވާ ދާއިރާއެކެވެ. މިދާއިރާގައި ހިމެނެނީ ހިތާދޫ، ދަރަވަންދޫ އަދި މާޅޮހެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top