Close

އުސޫލާއި ޚިލާފަށް މީހުން ޢުމްރާއަށް ގެންދާ ފަރާތްތަކުގެ މައްސަލަ ޕޮލިހަށް ހުށައަޅަނީ

އސްލާމީ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: އިސްލާމީ ވުޒާރާ

ކަނޑައެޅިފައިވާ އުސޫލާއި ޚިލާފަށް މީހުން ޢުމްރާއަށް ގެންދާ ފަރާތްތަކުގެ މައްސަލަ ޕޮލިހަށް ހުށައަޅުއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ ޝަހީމް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ރަސްމީ އުޞޫލުތަކާ ޚިލާފަށް މީހުން އަތުން ލާރި ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާޢަތެއްގެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ޕޮލިހަށް ހުށަހަޅާނެ ވާހަކަ ދަންނަވާ ކަމަށެވެ.

ވަޒީރު ޝަހީމް މިހެން ވިދާޅުވެފައިވާއިރު ދާދި ފަހަކުންވެސް ރާއްޖޭގެ އުމްރާ ގްރޫޕެއް ކަމަށްވާ އަލް މަޝްރަޢު ގްރޫޕުން ޢުމްރާއަށް ދިޔަ ދިވެހިން ތަކަކަށް އަނބުރާ ރާއްޖެއަށް ނައިސް ތާށިވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މިމައްސަލަ މިހެން ދިމާވެފައިވާއިރު މި ޢުމްރާ ގްރޫޕަކީ އިސްލާމީ މުޒާރާއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ބާތިލް ވެސް ކޮށްފައިވާ ގްރޫޕެކެވެ.

އެގްރޫޕަށް ދީފައިވާ ހުއްދަ ބާތިލް ކުރުމުން އެހެން ނަމެއްގައި ފާއިތުވި ރަމަޟާން މަހު ވަނީ ބަޔަކު ޢުމްރާއަށް ގެންގޮސްފައެވެ. އަދި އެނބުރި ރާއްޖެ ނާދެވި ތާށިވީ އެމީހުން ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މައްސަލަ ފުލުހުންނަށް ހުށައަޅާނެ ކަމަށް ވަޒީރު ޑރ ޝަހީމް ވިދާޅުވެފައިވާއިރު، މީގެ ކުރިންވެސް ޑރ ޝަހީމް ވަނީ އުމްރާއަށް ދާ ގްރޫޕަކީ ހުއްދަ ދޫކުރެވިފައިވާ ގްރޫޕެއްކަމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

އިސްލާމީ ކަންތަކާއި ބެހޭ ވުޒާރާގެ ސައިޓުގައި ޢުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދެވިފައިވާ ގްރޫޕްތަކާއި ކިންފުނިތައް ވަނީ ޢާންމުކޮށް ފެންނާނެހެން ލިސްޓު ކުރެވިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top