ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ހަވީރު 5:30 އަށް ކުރިއަށްދަނެ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފިއެވެ.
އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެފައިވަނީ، އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:30 އަށް ވޯޓުލުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މަޖިލިސް އިންތިޚާބާއި ގުޅޭ ކަންކަމަށް ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިންކަމަށެވެ.
ޒަކަރިއްޔާގެ އިތުރުން، އެ ކޮމިޝަނުގެ މެމްބަރު ހަސަން ވިދާޅުވީ، އެފަދައިން ނިންމީ ދެކަމަކަށް ބެލުމަށްފަހުގައި ކަމަށެވެ. އެއީ، މިހާރު މޫސުން އޮތް ގޮތަށް ބަލާއިރު ވޯޓުލާ ދުވަހު ބޯކޮށް ވާރޭވެހިއްޖެ ނަމަ ވޯޓުލާން ދާ މީހުން މަދުވެދާނެތީ އާއި އެ ދުވަހު ވަރަށް ހޫނުގަދަވެއްޖެ ނަމަ، މެންދުރު ވަގުތު ވޯޓުލާން ކިއުގައި ޖެހޭ މީހުން މަދުވެދާނެ ކަމަށް ބަލައިފައި ކަމަށް ހަސަން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 42 އަންހެނުންނާއި އަދި 326 ފިރިހެނުން ހިމެނޭހެން ޖުމްލަ 368 ކެންޑިޑޭޓަކު ވާދަކުރާނެއެެވެ. މި އިންތިޚާބުގައި ވޯޓު ލެވޭ މީހުންގެ އަދަދު 284،887 އަށް އަރައެވެ.






