ރޭސިންގ އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި ސްޕޯޓްސް އެރީނާއަކީ ދިވެހި ރާއްޖޭގައި މޮޓޯރ ސްޕޯރޓްސްއަށް އެކަށީގެންވާ ސަރަހައްދެއް ތަރައްޤީ ކުރެވިފަިއ ނުވާތީ ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުމުގެ މަޤްސަދުގައި ސަރުކާރުން ޚާއްސަ ސަމާލު ކަމެއް ދީގެން ކުރިއށް ގެންދާ މަޝްރޫޢެއް ކަމަށް އެޗްޑީސީން ބުނެއެވެ.
މި އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަންގެ ފަރާތުން މިނިސްޓަރ އަބްދުﷲ ރާފިއު އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.
މި އެރީނާ ތަރައްޤީކުރުމުން ރައްކާތެރިކަމާއެކު މޮޓޯރ ސްޕޯރޓްސް ގެ ޙަރަކާތްތައް ރާއްޖޭގައި ކުރިއަށް ގެންދިޔުމުގެ ފުރުސަތު ފަހުވެގެން ދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ހައުސިން ޑިވެލޮޕްމަން ކޯޕަރޭޝަން ފަހަގަ ކުރެވިފައިވަނީ ޒުވާނުންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން، ތަފާތު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހި ކޮށްދޭން އަބަދުވެސް މަސައްކަތް ކުރާ ކޯޕަރޭޝަން އެއްގެ ގޮތުގައެވެ.






