20 ވަނަ ރައްޔިތުންގެ މަޖިލިސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާނެއެެވެ.
މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:30 ހާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ބަހައްޓައިފައި ހުރި ވޯޓް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ދާނެއެވެ. އަދި އިންޑިޔާގެ ޓްރިވެންޑްރަމްގައި ބަހައްޓާ ވޯޓު ފޮށީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:30 ން 6:00 އަށެވެ.
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަކެއްޗާއެކު ވޯޓުލާ މަރުކަޒުތަކަށް ފޮނުވުމުގެ މަސައްކަތުގެ ތެރެއިން #vihi24 pic.twitter.com/SQh5nVixCU
— Elections Commission (@ElectionsMv) April 21, 2024
މީގެއިތުުރުން ސްރީލަންކާގެ ކޮލޮމްބޯ ގައި ވެސް ވޯޓުލުން ކުރިއަށްދާނީ 8:30 ން 6:00 އަށެވެ. މެލޭޝިޔާގެ ކޮލަލަމްޕޫރްގައި ބަހައްޓާ ވޯޓު ފޮށީގެ ވޯޓުލުން ކުރިއަށް ދާނީ މެންދުުރު 11:00 ން ރޭގަނޑު 8:30 އަށެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުން މިހާރު ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ މީހުންނާއި ތަކެތި ހަމަކޮށް ފޯރުކޮށްދެވި ވޯޓުލާ މަރުކަޒުތައް ވަނީ ވޯޓުލުމަށް ތައްޔާރުވެފައެވެ.






