Close

ފުވައްމުލަކު ސިޓީގެ ހުރިހާ ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީ އަށް!

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުވައްމުލަކު ދާއިރާގެ ހުރިހާ ގޮނޑިއެއްވެސް ވެރިކަން ކުރާ ޕީއެންސީ އިން ކާމިޔާބުކޮށްފިއެވެ.

ނަތީޖާ ދައްކާގޮތުން ފުވައްމުލަކު އުތުރު ދާއިރާއަށް ދެ މެމްބަރަކު ވާދަކުރެއްވިއިރު، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ހަމަދު އަބްދުﷲ އެވެ. ހަމަދު އާއި ވާދަކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް މުހައްމަދު ޝަރަފުއްދީންއެވެ.

އެ ސިޓީގެ މެދު ދާއިރާއަށް ޖުމުލަ ހަތަރު ކެންޑިޑޭޓުން ވާދަކުރެއްވިއިރު އެ ދާއިރާ ކާމިޔާބު ކޮށްފައިވަނީ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ފަޒާދެވެ. މީގެއިތުރުން ފުވައްމުލަކު ދެކުނު ދާއިރާއިން ވާދަކުރި ތިން މެންބަރުންގެ ތެރެއިން އެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިބްރާހިމް ހުސެއިންއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑި ހިމެނޭއިރު ވެރިކަން ކުރާ ޕީއެންސީން މިހާތަނަށް މެޖޯރިޓީ ވަނީ ހާސިލް ކުރައްވައިފައެވެ.

މަޖިލީހުގެ މެޖޯރިޓީ އަކީ ދެބައި ކުޅަ އެއްބައި ކަމަށްވާ 47 ގޮނޑިއެވެ. ސުޕަ މެޖޯރިޓީ އަކީ މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައި ކަމަށްވާ 70 ގޮނޑިއެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top