Close

ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ހީނާ އައްޔަނުކުރައްވަފި!

ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް އެންސްޕާގެ ސީއީއޯ ގެ މަޤާމުގައި ހުންނެވި ހީނާ ވަލީދު އައްޔަނުކުރައްވައިފިއެެވ.

މިއީ، ރައީސް އޮފީހުގެ އިސް ތަރުޖަމާނުކަމަށް އަންހެން ބޭފުޅަކު ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނުކަމަށް ހީނާ ވަލީދު ޢައްޔަންކުރައްވާފައިވަނީ، އެކަމަނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަޤާމު އަދާކުރައްވަމުން ގެންދަވާގޮތަށެވެ.

އަދި، އެމަޤާމުގައި ހީނާ ވަލީދު ޚިދުމަތްކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ މަޤާމެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މީގެ ކުރިން ހީނާ ވަލީދު ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރކަމާއި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ. އަދި ރާއްޖޭގެ ޤައުމީ މީޑިއާގައި ދިގު މުއްދަތަކު ޚިދުމަތްކުރައްވާފައެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ހެޑް އޮފް ނިއުސްގެ މަޤާމުވެސް ހީނާ ވަލީދު ވަނީ އަދާކުރައްވާފައެވެ.

ޗީފް ސްޕޯކްސްޕަރސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް ޢައްޔަނުކުރެއްވި ހީނާ ވަލީދު މަތީ ތަޢުލީމު ޙާސިލްކުރައްވާފައިވަނީ މާސް ކޮމިއުނިކޭޝަން ޖަރނަލިޒަމް އެންޑް އެޑްވަރޓައިސްމަންޓްގެ ދާއިރާއިންނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top