Close

މާޗް މަހު ޒަކާތު ފަންޑުން 8 ލައްކަ ބޭސްފަރުވާއަށް ޚަރަދު ކުރި!

މިފާއިތުވި މާޗް މަހު ޒަކާތު ފަންޑުން 8 ލައްކަ ރުފިޔާ ރައްޔިތުންގެ ސިއްޚީ ފަރުވާއަށް ޚަރަދު ކޮށްފައިވާކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސް އިން ޢާންމު ކޮށްފައިވާ އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ބޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކާތު ފަންޑުން ވަނީ 59 މީހަކަށް ޖުމުލަ 878،682.88 ޚަރަދުކޮށްފައިވެއެވެ. މިއީ އެހީގެ ގޮތުގައި ހަމަޖެހިފައިވާ ޢަދަދަށް ވުރެ 28 އިންސައްތަ އިތުރު ޢަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޒަކާތު ފަންޑުން މައިގަނޑުގޮތެއްގައި ބޭސްފަރުވާގެ އެހީ ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔާއި ހިތުގެ އޮޕަރޭޝަނާއި ޓްރާންސްޕްލާންޓް އަދި ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސިއްހީ ކަންކަމުގެ އިތުރުން ޒަރޫރީ އެހީ އާއި ސްކޮލަރޝިޕަށްވެސް ޒަކާތު ފަންޑުން ވަނީ ޚަރަދުކޮށްފައެވެ.

ޒަރޫރީ އެހީގެ ގޮތުގައި، މިދިޔަ މާރިޗު މަހު ޚާއްޞަ ޙާލަތްތައް މެދުވެރިވެފައި ފަރާތްތަކަށް ޖުމްލަ 17،207.65 ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. އަދި 2018 ވަނަ އަހަރު ސްކޮލަރޝިޕް އެވޯޑު ކުރެވިފައިވާ ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރަކަށް ކޯސް ފީ އަދި ސްޓައިޕެންޑް ދިނުމަށް 44،563.80 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެއިތުރުން އިދާރީ މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި 374،950.28 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުގައި ވެއެވެ.

މޯލްޑިވްސް ޒަކާތު ހައުސް އުފައްދަވާފައިވަނީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ މަންފާ އިތުރުކޮށް، ޒަކާތުގެ ހައްޤުވެރިންނަށް ޒަކާތުގެ ނަފާ ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުގެ ނިޒާމާއި ފަންޑު އިތުރަށް ކުރިއެރުވުމުގެ މަޤުސަދުގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top