މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތައް އިތުރަށް ތަރައްްީ ކުރުމަށް ކުވައިތާއި އެކު މަޝްވަރާކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ, ޒަކާތު ހައުސް ތަރައްޤީ ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް ޑރ މާޖިދު ސުލައިމާން އަލްއާޒިމީއާ، އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.
ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޑރ މާޖިދު ސުލައިމާން އަލްއާޒިމީ އާ ބައްދަލުކުރުން. މި ބައްދަލުވުމުގައި މަޝްވަރާކުރީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީކުރުމާއި މުވައްޒަފުންނާއި ޝަރީޢާ ބޯރޑް ތަމްރީނު ކުރުމާއި ޒަކާތުގެ ބެހެނިވެރިންގެ ޝަރުޢީ މިންގަނޑުތަކާ ބެހޭގޮތުން. pic.twitter.com/K1Z9H08WuA
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 27, 2024
ވަޒީރު ޝަހީމް ވިދާޅުވެފައިވަނީ އެ ބައްދަލުވުމުގައި ޒަކާތް ހައުސް ތަރައްޤީކުރުމުގެ އިތުރުން އެހެނިހެން ކަންކަމާ ވެސް މަޝްވަރާ ކުރެއްވިކަމަށެވެ.
އެގޮތުން، މުވައްޒަފުންނާއި ޝަރީޢާ ބޯޑް ތަމްރީނު ކުރުމާ ބެހޭ ގޮތުންނާއި، ޒަކާތުގެ ބެހެނިވެރިންގެ ޝަރުއީ މިންގަނޑުތަކާ ބެހޭގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޒަކާތުހައުސްއަކީ ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ މަންފާ އިތުރުކޮށް، ޒަކާތުގެ ހައްޤުވެރިންނަށް ޒަކާތުގެ ނަފާ ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުގެ ނިޒާމާއި ފަންޑު އިތުރަށް ކުރިއެރުވުމުގެ މަޤުސަދުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އުފެއްދެވި ޚާއްސަ އިދާރާއެކެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފައްދަވާފައިވަނީ 18 ޑިސެމްބަރ 2023 ގައެވެ.






