Close

ކްރިއޭޓިވް އާޓްސް އަށް ޚާއްސަ ސްކޫލެއް އަޅާނެ ބަޔަކު ހޯދަނީ!

ކްރިއޭޓިވް އާޓްސްއަށް ޚާއްސަ ސްކޫލެއް އަޅާނެ ބަޔަކު ހޯދުމަށް އިޢްލާނުކޮށްފިއެވެ.

މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީއިން ކޮށްފައިވާ އިޢްލާނެއްގައި ބުނެފައިވަނީ، ދިވެހިންނާއި ބޭރުގެ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް ދައުވަތުދޭ ކަމަށެވެ.

އެއިޢުލާނުގައި އިތުރަށް ބުނެފައިވަނީ، ސްކޫލް ހަދާނީ އެ ސްކޫލުން އުނގެނެން އަންނަ ދަރިވަރުންނަށް ސްކޫލް ހޮސްޓެލްގައި މަޑުކޮށްގެން ކިޔަވަން ތިބެވޭނެ ގޮތަށް ކަމަށާއި، ބައިނަލްއަޤްވާމީ ދަރިވަރުންގެ މެދުގައި ކަލްޗަރަލް އެކްސްޗޭންޖް ފަދަ ކަންކަމަށް ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ހޮސްޓެލް އެކޮމޮޑޭޝަންތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ރިކުއެސްޓް ފޯ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އާރުއީއޯއައި) އެ މިނިސްޓްރީ އަށް މެއިލް ކުރަން ވާނެ ކަމަށް ވެސް އެއިޢްލާނުގައި ވަނީ ބުނެފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top