Close

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް “އޮޕަރޭޝަން ކުރަނގި” ފަށައިފި!

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގާ “އޮޕަރޭޝަން ކުރަނގި” ފަށައިފިއެވެ.

ކ.ހިންމަފުށީގައި މި އޮޕަރޭޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ ޢިހްސާން ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަލީ އިހުސާން ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެކަމަށް ކުރާ ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެކަމަށްވެސް ވަޒީރު އިހްސާން ވިދާޅުވިއެވެ.

މި އޮޕަރޭޝަން ގެ މަޤްސަދަކީ މީހުން ހިފާ ހައްޔަރުކޮށް ބޭރަށް ފޮނުވާލުން ނޫންކަމަށާއި، އަމާޒަކީ މީހުންތައް ދެނެގަނެ ކަށަވަރުން ކުރުން ކަމަށްވެސް އިހްސާން ވިދާޅުވިއެވެ.

ރަށްރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ވުޒާރާގެ މެއިން ޑާޓާބޭސްއަށް ކައުންސިލްތަކުގެ އެކްސެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ މައުލޫމާތު އަދާހަމަކުރުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގާ ޤައުމީ މި ގައުމީ ހަރަކާތާއި ގުޅޭ ގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާ ބުނީ މި އޮޕަރޭޝަން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top