ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތްް ޚިއްސާކުރުމަށް ކޮންމެ މަހަކު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ސަރުކާރުގެ ފަރާތުން ހާމަކުރައްވައިފައިވަނީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ހީނާ ވިދާޅުވެފައިވަނީ ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮންމެ ވުޒާރާއަކުން މަދުވެގެން މަހަކު 1 ފަހަރު ޕްރެސް ކޮންފަރެންސެއް ބޭއްވުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިއަދު ބާއްވައިފައިވަނީ ސިޓީތަކާއި ކައުންސިލްތަކާބެހޭ ވުޒާރާއިން ބޭއްވި ޕްރެސް ކޮންފަރެންސްއެކެވެ.
ރައްޔިތުންނާއި މީޑީއާއި ވީހާވެސް ގާތުން ސަރުކާރުގެ ކަންކަން ހިންގަވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ވިދާޅުވިއެވެ.
ސުަރުކާރުގެ ވުޒާރާތަކުގެ އިތުރުން ރައީސް އޮފިހުގެ އިސް ތަރުޖަމާނުގެ ފަރާތުން ކޮންމެ ހަފްތާ އަކު އެއް ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.






