ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ މަންދޫބެއްގެ ގޮތުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގަމްބިއާއަށް ވަޑަިއގެންފިއެވެ.
ވަޒީރު ޑރ ޝަހީމް ގަމްބިއާއަށް ވަޑައިގަތީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ 15 ވަނަ އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވި ޚާއްސަ މަންދޫބުގެ ގޮތުގައެވެ.

އޯއައިސީގެ 15 ވަނަ ސަމިޓް އަންނަ ހަފުތާގައި ގެމްބިއާގައި ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
އޯއައިސީގެ މި ފަހަރުގެ ސަމިޓްގައި ފަލަސްތީނުގެ މައްސަލަ ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.






