Close

ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް ރަމަޟާން މަހުގެ ޑިސްކައުންޓް ކަރަންޓް ބިލުން ދޭނަން: ފަހުމީ

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ރަމަޟާން މަހުގެ ޑިސްކައުންޓް ކަރަންޓު ބިލުން ދޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ފަހުމީ ކުރެެއްވެވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައި ކަމަށެވެ.

މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ ކަމަށާއި، ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.

ރަމަޟާން މަސް ނިމި އައި ކަރަންޓު ބިލް ބޮޑުވެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝަކުވާ ތައް ކޮށްފައިވާއިރު މިކަމުގެ ސަބަބުން އެތައް ބަޔަކު ވަނީ ސަރުކާރަށް ފާޑުވެސް ކިޔައިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top