Close

އޮފީސްތައް ފޮޅައި ސާފުކުރުމުގެ މަސައްކަތަށް ވެމްކޯއިން ނިކުންނަނީ!

އޮފީސްތައް ފޮޅައި ސާފުކުރުމުގެ މަސައްކަތަށް ނުކުތުމަސް ވެމްކޯއިން ތައްޔާރުވެއްޖެއެވެ.

ވެމްކޯއިން މިކަމާއި ގުޅޭ ގޮތުން ބުނީ ފޮޅާ ސާފުކުރުމުގެ ޚިދުމަތް ފުރަތަމަ ދޭން ނިންމާފައިވަނީ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކަށް ކަމަށާއި އެ ހިދުމަތަށް ޑިމާންޑް އޮތް ނަމަ އެ ކުންފުނިން އިތުރަށް އެ ޚިދުމަތް ފުޅާ ކުރާނެ ކަމަށެވެ.

ވެމްކޯއިން މި ޚިދުމަތް ދިނުމަށް ނިންމާފައިވާއިރު، އެކުންފުނިން ކުރިއަށް އޮތް 2 ހަފްތާތެރޭގައި ކުޅުދުއްފުށި ސިޓީ އާއި ދެކުނުގެ ތިނަދޫ ސިޓީގައި ކުނި މެނޭޖް ކުރަން ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަދި ދެ ރަށުގެ ކުނި މެނޭޖް ކުރުމަށް ކުނި ނަގަން ރަޖިސްޓްރީ ކުރުމާއި ވޭސްޓް ކަލެކްޝަން ސެންޓަރު ތައްޔާރުކޮށް ވެހިކަލްތައް ފޮނުވުމާއި މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.

މާލެ ސިޓީގެ އިތުރުން ވެމްކޯ އިން ރާއްޖޭގެ އަށް ސަރަހައްދެއްގައި ކުނި މެނޭޖް ކުރުމުގެ ޚިދްމަތް ދަނީ ދެމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top