ފާއިތުވި ފަސްމަސް ދުވަސް ތެރޭގައި 100އެއްހާ ޒުވާން ޚަތީބުން ތަމްރީނު ކުރެވިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެވުޒާރާއިން ބުނެފައިވަނީ ފާއިތުވި ފަސްމަސް ދުވަސް ތެރޭގައި 40 އިމާމުން ތަމްރީނު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށެވެ.
މީގެއިތުރުން 100 އިމާމުންމަށް އައު މަންހަޖުގެ ތެރެއިން ރާއްޖޭގައި ތަމްރީނު ކުރެވިފައިވާ ކަމަށްވެސް އެވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި 100 އެއްހާ ޒުވާން ޚަތީބުން ތަމްރީނު ކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ.
މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރައްވާ އިމާމުންނަށް ޕްރޮފެޝަނަލް ތަމްރީނު ދިނުމަށް އިސްލާމީ ވުޒާރާއިން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިމާމުން ތަމްރީނު ކުރުމުގެ ދެވަނަ ބުރުގެ 18 ބައިވެރިން މިހާރު ވަނީ ރާއްޖެއިން ބޭރަށް ފުރައިފައެވެ.






