މިވަގުތަކީ އިސްލާމީ ލީޑަރުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ މިނިވަންކަމަށް ގޮވައިލައޮ އަޑު ގަދަކުރަންވީ ވަގުތު ކަމަށް އިސްލާމީ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ އޯއައިސީގެ 15 ވަނަ ސަމިޓްގައި ރާއްޖެ ތަމްސީލް ކުރައްވާ މަންދޫބެއްގެ ހައިސިއްޔަތުން ވާހަަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޑރ ޝަހީމް ވިދާޅުވީ އޯއައިސީ އަކީ 57 މެމްބަރުންގެ ޢާއިލާއެއް ކަމަށާއި ބިލިއަނެއް ހާ މީހުން އެކުލެވޭ މި ޢާއިލާ އަންނަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންކަމަށެވެ.
“ފަހެ، ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ތިބި މުސްލިމް އަޚުންނަށް އެހީތެރިވެދިނުމުގައި އަޅުގަނޑުމެން ނުކުޅެދިފައިވަނީ ކީއްވެތޯ؟ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އެހިންގާ ޖަރީމާ ނުހުއްޓުވިގެން މިއުޅެނީ ކީއްވެތޯ؟ މިކަމުގައި މިއަށްވުރެ ރަނގަޅު ހަރުދަނާ ފިޔަޅުތަކެއް އެޅުމަށް އަޅުގަނޑުމެންނަށް ޑިމާންޑު ނުކުރެވެނީ ކީއްވެތޯ؟” އިސްލާމީ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަޙީމް ޢަލީ ސައީދު
ވަޒީރު ޝަހީމް ވިދާޅުވީ މިވަގުތަކީ ފަލަސްޠީނުގެ މައްސަލައިގައި، އޯއައިސީގެ ހައިސިއްޔަތުން މިއަށްވުރެ ހަރުދަނާ ސްޓޭންޑެއް ނަގަންވީ ވަގުތު ކަމަށެވެ. އަދިއެތަނުގައި ތއިްބެވި އސްލާމީ އުއްމަތުގެ ހުރިހާ ލީޑަރުންނަށް ގޮވައިލައްވަނީ ފަލަސްޠީނުގެ މިނިވަން ކަމަށް ގޮވައިލާ އަޑުގަދަކޮށް، އެކަމަށް ނަގާސްޓޭންޑް ވަރުގަދަކުރުމަށް ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.






