Close

ފަތުރުވެރިކަމުގެ ދާއިރާގެ ޝަރަފުވެރި އެވޯޑްތަކެއް ރާއްޖެއަށް!

ފަތުރުވެރިކަމުގެ ދާއިރާގެ ޝަރަފުވެރި، ބައިނަލް އަޤްވާމީ ފެންވަރުގެ އެވޯޑްތަކެއް ރާއްޖެއަށް ލިބިއްޖެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް (އިންޑިއަން އޯޝަން ކެޓަގަރީ) އިން، އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2024 ގައި ދިވެހިރާއްޖެ ޝަރަފުވެރި 4 ކެޓަގަރީއަކުން އެވޯޑް ހާޞިލުކޮށްފައިވެއެވެ.

އެގޮތުން މިއަހަރު އެވޯޑް ލިބުނު 4 ކެޓަގަރީއަކީ:-

1. އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024

2. އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024

3. އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024

4. އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024

ި އޭޓީއެމް 2024 ގެ ވޯލްޑް ޓްރެވަލް އެވޯޑްސް ވިނާސް ހަބްގައި ބޭއްވި މި ހަރަކާތް ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރާއްޖޭގެ އިއްޒަތްތެރި ފަރާތްތަކުންނެވެ.

އެގޮތުން،މިނިސްޓަރ އޮފް ޓޫރިޒަމް، އަލްފާޟިލް އިބްރާހީމް ފައިޞަލް "އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024" ގެ އެވޯޑާއި ހަވާލުވެލައްވާފައިވާއިރު، "އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024" ގެ އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެލައްވާފައިވަނީ އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަރޕަރސަން، އަލްފާޟިލާ އައިޝާ ނޫރައިން ޖަނާޙެވެ.

"އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024" ގެ އެވޯޑާއި ހަވާލުވެފަވަޑައިގެންފައިވަނީ އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، އަލްފާޟިލާ ފާޠިމަތު ތައުފީޤެވެ.

މީގެއިތުރުން، "އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024" ގެ އެވޯޑްއާއި ހަވާލުވެލެއްވީ ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު އަލްފާޟިލް މުހައްމަދު ޚަލީލް އެވެ.

1993 ވަނަ އަހަރުގައި އުފެދިގެން އައި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަޤްބޫލުކަން ހޯދައިފައިވާ އެވޯޑެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top