Close

ރާއްޖެއިން ތިން ޤައުމަކަށް ކަނޑައެޅުއްވި ސަފީރުންނަށް މަޖިލީހުން ރުހުންދީފި!

ރާއްޖެއިން ތިން ޤައުމަކަށް ކަނޑައެޅުއްވި ސަފީރުންނަށް މަޖިލީހުން ރުހުންދީފިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރުހުން ދޭން ފާސްކޮށްފައިވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރަށާއި، ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ އިތުރުން ސަޢުދީ ޢަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރަށެވެ.

ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޔަނު ކުރައްވާފައިވަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބެވެ. އޭނާ އައްޔަނުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ކަނޑައެޅުއްވީ އައްޑޫ ހިތަދޫ އަސަރީގެ، ޝިއުނީ ރަޝީދެވެ. އޭނާއަށް ރުހުންދޭން ފާސްކުރީ ވެސް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުން ސަފީރުކަމަށް ރުހުންދީފައިވާ ބޭފުޅުން.

ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކނަޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަނުކުރެއްވީ ނ. ހޮޅުދޫ، އުފަންވެލި، މުހައްމަތު ޠާހާ އެވެ. އޭނާއަށް ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އިއްތިފާގުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top