Close

މީރާގެ ވެރިޔަކަށް ޒަރީރު އައްޔަނު ކުރުމަށް އިޤްތިޞާދީ ކޮމިޓީއިން ފާސްކޮށްފި!

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ވެރިޔަކަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރަން މަޖިލީހުގެ އިގްތިޞާދީ ކޮމެޓީއިން ފާސްކޮށްފި އެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނަން ފޮނުއްވި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ކުރިން ހުންނެވި ޔަޒީދު މުހައްމަދު ގެ އިންޓަވިއު ވެސް ވަނީ މަޖިލީހުގެ އިގްތިޞާދާއި ބެހޭ ކޮމިޓީން ކޮށްފައެވެ.

އިއްޔެ ކޮމެޓީ މެންބަރުންގެ މެދުގައި ނެގި ވޯޓުގައި، ޔަޒީދަށް ހަތަރު ވޯޓު ލިބިވަޑައިގަތް އިރު، ޒަރީރަށް 10 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް މަޖިލީސް އިންތިހާބުގައި ވާދަކުރެއްވުމަށް އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ޔަޒީދާއި ޒަރީރަށް މީގެ ކުރިން މަގާމް ގެއްލުނީ، ކުރީ ސަރުކާރުން 2019 ވަނަ އަހަރު ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ.

މި އިސްލާހުގައި ވާގޮތުން، އެއިސްލާޙް ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަސް ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭއިރު، އެ މުއްދަތުގެ ތެރޭގައި މީރާގެ ބޯޑު އަލުން އެކުލަވައިލަން ޖެހެނޭ އެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top