Close

ވީއޭއައިގައި ޤަވާއިދާއި ޚިލާފުވާ ޓެކްސީތަކާއި މެދު ފިޔަވަޅު އަޅަނީ!

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއޭއައި) ގައި ޓެކްސީ ދުއްވުމުގެ ޤަވާއިދާއި ޚިލާފަށް ހަރަކާތްތެރިވާ ޓެކްސީތަކާއި މެދު ފިޔަވަޅު އެޅުމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިއު އިން ކުރިމަތިވާ މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އިތުރުވަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި ވަކި މަންޒިލަކަށް ނޫނީ ދަތުރުކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި، ދަތުރެއް ނެގުމަށް ފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރުކުރުމާއި، އެވުޒާރާއިން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާކަމުގެ ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ވެއެވެ.

އެހެންކަމުން އެވުޒާރާއިން ވަނީ މި މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލްއާއެކު މަސައްކަތް ކޮށް, ޓެކްސީ ތަކުގެ އަގުތައް ފަސޭހައިން ފެންނާނެ ފަދައިން އެއާޕޯޓުގައި ބޯޑުތަކެއް ހަރުކޮށް، ޓެކްސީގެ މައްސަލަތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކިއުއާރްކޯޑެއް ތައްޔާރުކޮށް އާއްމުކޮށްފައެވެ.

މި ކިއުއާރްކޯޑް މެދުވެރިކޮށް ޓެކްސީތަކާއި ޕްރައިވެޓް ހަޔަރގައި ޓެކްސީގެ ޚިދުމަތްދެމުންދާ ފަރާތްތަކުން އަމަލުކުރަމުންދާ ގޮތުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާކަން ފާހަގަކުރަމުން އެވުޒާރާއިން ބުނީ އެ މައްސަލަތައް ބެލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރެވުނުނަމަވެސް ބައެއް މައްސަލަތަކުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން އާއްމުންގެ ޝަކުވާތައް އަދިވެސް ގިނަވަމުންދާތީ ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވަނީ ކަމާ ގުޅޭ މުވައްސަސާތަކާއެކު ބައްދަލުކޮށް މިކަން މެނޭޖުކުރާނެ ގޮތުގެ ޕްލޭނެއް ވެސް އެކުލަވާލާފައެވެ.

މިގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރިވާން ފަށައި ގަވާއިދާ ޚިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާމެދު ވަނީ ފިޔަވަޅު އަޅަން ފަށާފައެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީކުރުމުގައި ހަރަކާތްތެރިވާ ބިދޭސީންނާ މެދު ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން މި ޕްލޭންގެ ދަށުން ނިންމާފައިވާ ކަމަށް ވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top