Close

މަސްތުވާ ތަކެތީގެ މައްސަލައެއްގެ ތަހްޤީޤަށް 4 މީހަކު ހޯދުމަށް އިޢްލާނުކޮށްފި!

މަސްތުވާ ތަކެތީގެ މައްސަލައެއްގެ ތަހްޤީޤަށް 4 މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދްމަތުން އިއްލާނުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދްމަތުން ކޮށްފައިވާ އިޢްލާނެއްގައި ބުނެފައިވަނީ ޑްރަގް އެންފޯސްމަންޓުން ތަހްޤީޤް ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުޤީޤަށް ހަތަރު މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުޤީޤަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

މިގޮތުން ފުލުހުން ހާޒިރުވުމަށް އެންގި 4 ފަރާތަކީ:

1) ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އާމިނަތު ޝީޒާ ޢަލީ، ހުޅުމާލެ.ފެއަރވިލެޖް- ގޯތިނަންބަރު 11168، (33އ)

އައިޑީ ކާޑު ނަންބަރު: A361312

2) ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޙަސަން ނަބީލް، ގއ. ކަނޑުހުޅުދޫ/ފެހިއައްސޭރި، (42އ)

އައިޑީ ކާޑު ނަންބަރު: A099246

3) ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޢީސާ އިބްރާހީމްފުޅު، ތ. ތިމަރަފުށި/ބަނަފުސާގެ (46އ)

އައިޑީ ކާޑު ނަންބަރު: A023529

4) ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޔޫސުފް މުޙައްމަދު ޒައީމް، ކ. މާލެ/ހ.ދިޔަދޫ (31އ)

އައިޑީ ކާޑު ނަންބަރު: A394121

ފުލުހުން ބުނީ މި 4 މީހުން ވެސް ހާޒިރު ކުރެވެނީ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ކަމަށެވެ.

އެހެންކަމުން 2024 މެއި 14 ވަނަ ދުވަހުގެ 14:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް އެ 4 މީހުން ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top