ވިލިމާލޭގައި ދިހަ ބުރިއަށް އިމާރާތްތައް ހެދުމުގެ ހުއްދަ ދީފިއެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މާލެ ޕްލޭނިން ޤަވައިދަށް ގެނައި އިސްލާޙުގައި ވަނީ، ވިލިނގިލި އަވަށުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ހަދާ އިމާރާތްތައް ހެދޭނެ އެންމެ އުސްމިނަކީ 10 ބުރިއަށް ކަމަށެވެ.
އަދި 10 ބުރިއަށް އިމްރާތް ކުރި ނަމަވެސް އެއްވެސް ޢިމާރާތެއްގެ އުސްމިން 30.48 މީޓަރު ނުވަތަ 100 ފޫޓަށްވުރެ އުސްވެގެން ނުވާނެ ކަމަށް މިއަދު އާއްމު ކުރި އެ އިސްލާހުގައި ބުނެފައި ވެއެވެ.
ހަމަމިއާއި އެކު، މިގޮތަށް 10 ބުރިޔާ ހަމަޔަށް ހެދޭނީ، އިމާރާތް ހަދާ ގޯތީގެ އޭރިޔާ 185.806 މީޓަރު ނުވަތަ 2000 އަކަފޫޓަށްވުރެ ކުޑަ ނޫންނަމަ ކަަމަށެވެ. އަދި ބިމުގެ އޭރިޔާ 185.806 މީޓަރު ނުވަތަ 2000 އަކަފޫޓަށްވުރެ ކުޑަނަމަ އިމާރާތް ކުރެވޭނ،ީ 6 ބުރިއަށް ކަމަށްވެސް އެޤަވާއިދުގައި ބުނެފައިވެއެވެ.
އަދި އެއީ 18.5 މީޓަރު ނުވަތަ 54.134 ފޫޓަށްވުރެ އުސްނުވާ ވަރަށް ކަމަށްވެސް ބުނެފައި ވެއެެވެ.
މި އުސޫލުގައި ބުނެފައި ވާގޮތުން އު އުސޫލުގައިވާ އުސްމިނަށްވުރެ މައްޗަށް އިމާރާތުގެ ސިޑިގޮޅިއާއި ލިފްޓް މެޝިންރޫމް ހިޔާކުރާބައި ހެދިދާނެއެވެ.
ވިލިމާލޭގައި ދިހަ ބުރިއާ ހަމައަށް އިމާރާތް ކުރުމަށް ހުއްދަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅު ތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.






