Close

ސަރުކާރުގެ ޓީމް އޮތީ ބަދަހިކޮށް، ޤައުމު ދާނީ މުޢިއްޒު ދުވެލީގައި ކުރިއަށް: ޢަބްދުއްރަޙީމް

ސަރުކާރުގެ ޓީމް އޮތީ ބަދަހުކޮށްކަމަށާއި ޤައުމު ދާނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސްޕީޑްގައި ކުރިއަށް ކަމަށް ރައީސްގެ ޚާއްސަ މުޝީރް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ އޭނާ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ޢަބްދުއްރަޙިމް ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ދަނިކޮށް އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ދިވެހީންނުކުމެ ސާބިތުކޮށްދެއްވައިފައިވާ ކަމަށެވެ.

އަދި އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ޚަބަރުތަކުން،އިންޝާالله އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ފަޟީޙަތްވުންނޫން އިތުރުކަމެއް ޙާޞިލް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ރައީސް ޑރ.މުޢިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް.ދިވެހީންދާނީ މުޢިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށް” ޢަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ.

ޢަބްދުއްރަޙީމް މިފަދައިން ޕޯސްޓެއް ކުރައްވައިފައި މިވަނީ ރަޢީސް މުޢިއްޒު ޢުމްެރާ ކުރެއްވުމަށް ސަޢުދީއަށް ވަޑަިއގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ސަޢުދޫގެ އިސް އެއްވެސް ބޭފުޅެއް ވަޑައިގެންފައި ނުވާ ކަމަށް ބުނެ އިދިކޮޅުން ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ޢަބްދުއްރަޙީމް ކުރެއްވެވި އިތުރު ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒުގެ ދެ ކަނބަލުން ސަޢުދީ ރަސްގެފާނުގެ މެހުމާންދާރީގައި ޢުމްރާއަށް ވަޑައިގަތުމަކީ އަދި އެ ދަތުރުފުޅަށް ސަޢުދީ ސަރުކާރުންޚާއްޞަ ޖެޓެއް ހަމަ ޖައްސަވައި ދެއްވުމަކީ ނުވަތަ މަދީނާއަށް ރައީސްގެ ދެ ކަނބަލުން ވަޑައިގަތުމުން މަދީނާގެ ގަވަރުނަރު ވަޑައިގެން ރިސީވް ކުރައްވާ އޮނަރގާރޑެއް އެރުވުމަކީ ބަޔަކު ޙަސަދަވެރިވާންޖެހޭކަމެއްތޯ ސުވާލުކުރައްވައިފައިވެއެވެ. އަދި މީ ދިވެހީން އުފާކުރަންވީކަމެއްކަމަށާއި، ޙަސަދަވެރި ވިޔަސް ހަގީގަތާ ކުރިމަތިލުމުގެ ހިތްވަރު ހުންނަންވާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top