މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމަށް އައު ފުރުސަތެއް ދީފިއެވެ.
ތަޢުލީމާއި ބެހޭ ވުޒާރާއިން ބުނީ މާލޭ ސަރަހައްދުގެ ސްކޫލްތަކަށް އަލަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމަށް ފޯމު ހުށަހެޅުމުގެ އިތުރު ފުރުސަތަށް ހުޅުވާލާ ކަމަށެވެ.
އެގޮތުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އާ ހަމަޔަށް މި ފުރުސަތު އަންނަނިވި ފަރާތްތަކަށް ހުޅުވާލާ ކަމަށް ބުންޏެވެ.
* ސަރުކާރު ސްކޫލެއްގެ ފައުންޑޭޝަން ސްޓޭޖުގެ ކުލާހަކަށް ވައްދަން ބޭނުންވާ ދަރިވަރުން
* ގްރޭޑް އެކަކަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުން
* ޕްރައިވެޓު ސްކޫލަކުން ސަރުކާރު ސްކޫލަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުން
* ރާއްޖެއިން ބޭރުގެ ގައުމެއްގައި އުޅެފައި ރާއްޖެއަށް ބަދަލުވެ، ސަރުކާރު ސްކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރުން
ލޭޓް އެޑްމިޝަންއަށް ހުޅުވާލުން.
ފޯމު ހުށައެޅުއްވުމަށް 👇https://t.co/prRls7KOXa pic.twitter.com/wbJOAH9RDT— Ministry of Education (@MoEdumv) May 13, 2024
މާލޭ ސުކޫލް ތަކަށް ދަރިވަރުން ވެއްދުމަށް އިތުރު ފުރުސަތަށް ހުޅުވާލާފައިވާއިރު، މި ފެށޭ ދިރާސީ އައު އަހަރަށް އެކަނިވެސް އަތޮޅުތަކުން މާލެ ބަދަލުވާން 900 އަށް ވުރެ ގިނަ ފޯމް ހުށައަޅައިފައިވެއެވެ.






