Close

އަޒަރްބައިޖާނާއި އެކު ޘަޤާފަތާއި ތަރިކައާއި ގުޅޭ ދާއިރާތަކުން ގުޅުން ބަދަހުކުރުމަށް މަޝްވަރާކޮށްފި!

އަޒަރްބައިޖާނާއި އެކު ޘަޤާފަތާއި ތަރިކައާއި ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތައް ކޮށްފައިވަނީ ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަޒަރްބައިޖާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ޘަޤާފަތާ ބެހޭ ވަޒީރު ހިޒް އެކްސެލެންސީ ޢާދިލް ކަރިމްލީއާ ބައްދަލު ކުރައްވައި، އަޒަރްބައިޖާނާއި އެކު ޘަޤާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

އަޒަރްބައިޖާނުގެ ޘަޤާފަތާ ބެހޭ ވަޒީރުގެ އިތުރުން އެ ވުޒާރާގެ ބައެއް އޮފިޝަލުންނާއި އެކު އަޒަރްބައިޖާނުގެ ވެރިރަށް ބަކޫގައި ހުންނަ އެ ގައުމުގެ ޘަޤާފަތާ ބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި މި ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަހުރުއްޛިޔާދެވެ.

މި ބައްދަލުވުމުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ޘަޤާފަތާއި ތަރިކައާ ގުޅޭ ކަންކަމުގައި ރާއްޖެއަށް ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވައި، ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ޢިލްމެއް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮަތްތަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަޒަރްބައިޖާނުގެ ޘަޤާފަތާ ބެހޭ ވަޒީރު "ޝޫޝާ - ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024" ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ވަޒީރު އާދަމް ނަޞީރު އިބްރާހީމަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި އެބޭފުޅާ ވަނީ ޝޫޝާ ސިޓީގެ ތާރީޚީ އަދި ޘަޤާފީ މުއްސަނދިކަމާ ބެހޭ ގޮތުން ބައެއް މަޢުލޫމާތު ހިއްސާކުރައްވާފައިއެވެ.

ޘަޤާފީ ރޮނގުން ރާއްޖެއަށް ބޭނުންވާ ޢިލްމީ އަދި ފަންނީ އެހީތެރިކަން ފޯރޮކޮށްދިނުމަށާއި ދެގައުމުގެ ދެމެދުގައި ޘަޤާފީ ރޮނގުން ގުޅުން ބަދަހި ކުރުމަށް އަޒަރްބައިޖާނުގެ ޘަޤާފަތާ ބެހޭ ވަޒީރު ވެސް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަޒަރްބައިޖާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އަޒަރްބައިޖާނުގެ ސަގާފަތާ ބެހޭ ވަޒީރުގެ އިތުރުންވެސް އެބޭފުޅާ އިސެސްކޯ ގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޑރ. ސާލިމް އަލްމާލިކާއެކު ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ވަޒީރުގެ މި ދަތުރުފުޅަކީ އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top