Close

މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލުގެނެސްފި!

މާލެ ސަރަހައްދުގައި ޓެކްސީ ކުރާ ކާރުތަކުގެ ދަތުރުތަކުގެ އަގުތަކަށް ބަދަލުގެނެސްފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އަލުން ކަނޑައަޅައި އެވުޒާރާއިން ކޮށްފައިވާ އިޢްލާނެއްގައި ބުނެފައިވަނީ، ގްރޭޓަރ މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތަކަށް ބަދަލު ގެންނަކަމަށާއި، ބަދަލު ގނެސްފައިވާ އަގުތަކަށް 20 މޭ 2024 ވާ ހޯމަ ދުވަހުން ފެށިގެން ޢަމަލުކު ރަންޖެހޭނެ ކަމަށެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން، ޓެކްސީ ކުރެވޭނެ ބައެއް އަގު ތަކަށް ބަދަލު ގެނެސް، ޓެކްސީ ކުރެވޭނެ ކަމަށް ކަނޑައެޅި އަގުތަކަކީ:

- ޒޯނު އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތައް):

6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ -/30ރ

7 - 10 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ -/45ރ

މާލެ އާއި ހުޅުމާލެ ފިޔަވަހި 1 އާ ދެމެދު:

6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ -/85ރ

7 - 10 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ -/130ރ

މާލެ އާއި ހުޅުމާލެ ފިޔަވަހި 2 އާ ދެމެދު:

6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ -/100ރ

7 - 10 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ -/155ރ

މާލެ އާއި އެއަރޕޯރޓާ ދެމެދު އެއާޕޯޓަށް:

6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ -/70

7 - 10 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ -/110

ހުޅުމާލެ 1 ވަނަ ފިޔަވައްސާއި 2ވަނަ ފިޔަވައްސާ ދެމެދު:

6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ -/40

7 - 10 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ -/60

ހުޅުމާލެ 1 ވަނަ ފިޔަވައްސާއި އެއަރޕޯޓާ ދެމެދު:

6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ -/80

7 - 10 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ -/125

ހުޅުމާލެ 2 ވަނަ ފިޔަވައްސާއި އެއަރޕޯޓާ ދެމެދު:

6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ -/80

7 - 10 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ -/125

މީގެ އިތުރުން އެއާޕޯޓަށް ކުރާ ދަތުރުގައި 6 ސީޓަށްވުރެ ދަށުގެ އުޅަނދެއް، ނަމަ ޑޮމެސްޓިކް ޓާމިނަލަށް ދާނަމަ މިހާރު ކަނޑައަޅާފައިވާ އަގުގެ އިތުރުން 10 ރުފިޔާ ނެގޭނެެ އެވެ. އަދި 10 - 7 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ، ކަނޑައަޅާފައިވާ އަގުގެ އިތުރަށް 15 ރުފިޔާ ނެގޭނެއެވެ.

އަދި ޓެކްސީއަށް އަރުވާ ލަގޭޖްގެ އަދަދު ތިން ލަގެޖަށް ވުރެ އިތުރުވާނަމަ ކޮންމެ ލަގޭޖަކަށް އިތުރު 5 ރުފިޔާ ނެގުމުގެ ހުއްދަވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ޓެކްސީތަކަށް ދީފަ އެވެ.

އެ ވުޒާރާއިން ވިދާޅުވި ގޮތުގައި ޓެކްސީ ކުރުމުގެ އަގުތަކަށް ބަދަލު ގެނައީ، ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ޚަރަދުފަދަ ކަންކަމަށް ރިޢާޔަތްކޮށް ޓެކްސީ ޑްރައިވަރުންނާއި ޚިދުމަތް ލިބިގަންނަ ޢާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ގޮތަކަށް ވިސްނައިފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top