Close

އައިވީއެފްގެ ފަރުވާއަށް ބޭނުންވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދުމުގެ ސުންގަޑި އިތުރުކޮށްދީފި!

އައިވީއެފްގެ ފަރުވާއަށް ބޭނުންވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދުމުގެ ސުންގަޑި އިތުރުކޮށްދީފިއެވެ.

އެގޮތުން މިކަން ހާމަކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން މިއަދު ކުރި ޢިއްލާނެއްގައި ބުނެފައި ވަނީ އެ މުއްދަތު 31 ޖުލައި 2024 ގެ 14:00 ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން އެ ފުރުސަތު ދީފައިވަނީ މިއަދުގެ ނިޔަލަށެވެ.

އެ އިޢްލާނުގައި ބުނެފައިވަނީ، މިއަދުގެ ނިޔަލަށް ފޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން "'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް މި އުސޫލުގައި ބަޔާންކުރެވިފައިވާގޮތަށް އެހީ ހަމަޖައްސާދެވޭނެކަމަށެވެ.

ދައުލަތުގެ ޚަރަދުގައި އައިވީއެފް ހެދުމަށް ފޯމު ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކީ:-

1) "އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް މި އެޖެންސީ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކާއި، ވެބްސައިޓް nspa.gov.mv) ،(aasandha.mv)) މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

2) ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ މި އެޖެންސީގެ ކައުންޓަރުތަކަށެވެ.

އަދި އީމެއިލް މެދުވެރިކޮށްނަމަ، [email protected] އަށް، ނުވަތަ ވައިބަރ މެދުވެރިކޮށްނަމަ 7291402 އަށެވެ.

މީގެ އިތުރުން އާސަންދަ ޑިޖިޓަލް ޕޯޓަލް (my.aasandha.mv) މެދުވެރިކޮށް ފަސޭހަ ކަމާއިއެކު އޮންލައިންކޮށް މި ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.

މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުން ނަމަ، ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާނަމަ، އެންސްޕާގެ ހޮޓްލައިން 1402 ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top