Close

އާއިލާއާއި އެކު ވަގުތުހޭދަކުރާ އަދި އެކަމަށް އިސްކަންދޭ ބަޔަކަށް ވުމަށް ވަޒީރު ޢާއިޝާ ގޮވައިލައްވައިފި!

އާއިލާއާއި އެކު ވަގުތު ހޭދަކުރާ އަދި އެކަމަށް އިސްކަންދޭ ބަޔަކަށް ވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އެދިވަޑައިގެންފިއެވެ.

ވަޒީރު މިހެން ގޮވައިލައްވައިފައި ވަނީ، ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ޢާއިލާތަކަށް އަރިސްކުރައްވައި މިއަދު ދެއްވި ޚިތާބުގައެވެ.

ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ ، އޯގާތެރި މުޖުތަމަޢެއްގެ އެންމެ މުހިންމު އެއް ސިފައަކީ ބަދަހި ޢާއިލާއެއް ކަމަށެވެ. އެހެންކަމުން ޢާއިލާތަކަކީ އަޚުވަންތަކަމާއި އެއްބަނޑު އެއްބަފާވަންތަކަން ދަމަހައްޓާ، އެކަކު އަނެކަކަށްއަޅާލާ އޯގާތެެރި، އެހީތެރި، ކުލުނުވެރި، އެންމެން އެކުގައިގުޅިގެން އުޅޭ ޢާއިލާތަކަކަށް ވާންޖެހޭ ކަމަށްވެސް ވަޒީރުގެ ޚޠާބުގައި ވިދާޅުވެފައިވެއެވެ.

މިއާއެކު ވަޒީރު ވިދާޅުވީ ޢާއިލާގެ ހަމަޖެހުމާއި އުފާވެރިކަމަކީ މުުޖުތަމަޢުގެ ކުރިއެރުމާއި ޤައުމުގެ ތަރައްޤީގެ އަސްލުކަމަށެވެ.

ވަޒީރު ޢާއިޝަތު ޝިހާމްގެ ޚިޠާބުގައި އިތުރަށް ވިދާޅުވީ އެންމެންނަކީވެސް، ބޮޑުބޭބެއިންނާއި ބޮޑުދައިތައިން، އެއްބަނޑު އެއްބަފާބޭބެއިންނާއި ދައްތައިން އަދި ކޮއްކޮއިންގެ ހާލުބަލާލާބަޔަކަށްވުމަށެވެ.

އަދި ދަރިންނާއި އަނބިން އަދި ފިރިންނަށްވަގުތުދޭ، އެމީހުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށްއިސްކަންދޭ ބަޔަަކަށްވުމަށް ވެސް އެކަމަނާގެ ޚިޠާބުގައި އެދިވަޑައިގެންފައިވެއެވެ.

މީގެ އިތުރުން “ފުރަތަމަ ޢާއިލާ" މިއީ ކޮންމެ މީހަކުވެސް ދިރިއުޅުމުގެ ކޮންމެކަމެއްގައިވެސް އިސްކުރާ ސިޔާސަތަކަށް ހަދައި، ކޮންމެ މީހަކީވެސް މައިންބަފައިންނަށް އަޅާލާ ބަޔަކަށްވުމަށް ވަޒީރު އެދިވަޑައިގެންފައިވެއެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top