Close

ތިން ދާއިރާއަކުން ކިޔެވުމަށް ޚާއްސަ ތިން ކޯހެއްގެ ފުރުސަތު ޖަޕާނުން!

ތިން ދާއިރާއަކުން ކިޔެވުމަށް ހުރިހާ ޚަރަދަކާއި އެކު ތިން ކޯހެއްގެ ފުރުސަތު ޖަޕާނުން ރާއްޖެއަށް ދީފިއެވެ.

މިކަމާއި ގުޅިގެން މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ ”ޖަޕަނީޒް ގަވަމެންޓް ސްކޮލަޝިޕް 2025" ގެ ދަށުން ތިން ދާއިރާއަކުން ރާއްޖޭގެ ދަރިވަރުންނަށް ޖަޕާނުގެ ޔުނިވާސިޓީތަކުގައި ކިޔެވުމަށް ސްކޮލަޝިޕްގެ ފުރުސަތު ލިބިފައިވާކަން ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން އަންގާފައިވާ ކަމަށެވެ.

މި ސްކޮލާޝިޕް ގެ ދަށުން ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަޝިޕް އިންތިޒާމް ކުރާ ފަރާތުންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖަޕާނުގައި ކިޔެވުމަށް ސްކޮލަޝިޕަށް ހުޅުވާލި ދާއިރާތަކާއި ހުށައެޅޭނެ ސުންގަޑި:

1) ރިސާޗް ސްޓޫޑެންޓްސް – 27 މޭ 2024

2) ސްޕެޝަލައިޒް ޓްރެއިނިންގް ކޮލެޖް ސްޓޫޑެންޓްސް - 3 ޖޫން 2024

3) ކޮލެޖް އޮފް ޓެކްނޮލަޖީ ސްޓޫޑެންޓްސް - 3 ޖޫން 2024

ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ގޮތުން އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަވިއު މަރުހަލާއަށް ކެންޑިޑޭޓުން ޝޯޓްލިސްޓު ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީން ކަމަށާއި ޓެސްޓާއި އިންޓަވިއު ވެސް ކުރިއަށްދާނީ އެ އެމްބަސީގައި ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top