Close

ބިމާއި ބެހޭ ބިލް އަނބުރަ މަޖިލީހަށް ފޮނުވާލައިފި!

ބިމާއި ބެހޭ ބިލް އިސްލާޙް ކުރުމަށް އަނބުރާ މަޖިލީހަށް ފޮނުވައިލައިފިއެވެ.

އިއްޔެ ރައީސް އޮފީހުން ހާމަ ކުރެއްވި ގޮތުގައި ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ނުކުރައްވާ، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން، އަލުން ވިސްނާ ވަޑައިގަތުން އެދި، ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ވަނީ އެ ބިލު އަލުން އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވައިފައެވެ.

ބިމާ ބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމަށް ހުށަހަޅާފައިވާ ބިލަކީ 29 އޭޕްރީލް 2024 ވި ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، ރައީސް އޮފީހަށް، ތަޞްދީޤުކުރެއްވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ ބިލެކެވެ.

މި ބިލު ރައީސް އޮފީހަށް ފޮނުއްވަވާފައިވަނީ މޭ މަހުގެ ދެވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top