Close

މާލެ ސަރަހައްދުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި!

މާލެ ސަރަހައްދުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ރާއްޖޭގެ ޒަކާތު ހައުސްއިން ހުޅުވާލައިފިއެވެ.

ރާއްޖޭގެ ޒަކާތު ހައުސްއިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މާލެސިޓީ (މާލެ، ހުޅުމާލެ، އަދި ވިލިމާލެ) އިން އަލަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.

ޒަކާތު ހައުސް އިން ހާމަކޮށްފައިވާ ގޮތުގައި، މި މޭ މަހުގެ 8 ވަނަ ދުވަހު ގެޒެޓު ކުރެވިފައިވާ ފަޤީރުންނާ މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުޞޫލާ އެއްގޮތަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ދަފްތަރުގައި ރަޖިސްޓްރީވެލައްވަން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 12:00 ގެ ނިޔަލަށް ފޯމު ހުށަހެޅުއްވުމަށް ޒަކާތު ހައުސްއިން ވަނި އެދިލައްވާފައެވެ.

ޒަކާތުހައުސްއަކީ ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ މަންފާ އިތުރުކޮށް، ޒަކާތުގެ ހައްޤުވެރިންނަށް ޒަކާތުގެ ނަފާ ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުގެ ނިޒާމާއި ފަންޑު އިތުރަށް ކުރިއެރުވުމުގެ މަޤުސަދުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އުފެއްދެވި ޚާއްސަ އިދާރާއެކެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top