Close

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލާއި ރީނދޫ ސަމާލު ނެރެފި!

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލާއި ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ޅ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ. އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:00 ފެށިގެން މެންދުރުފަހު 14:30 އަށެވެ.

މެޓް އޮފީހުން ބުނީ، އެވަގުތު ތަކުގައި އެސަރަހަށްދަށް ގަޑިއަކު 25 މޭލާއި 30 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ވެސް ހުދު ސަމާލު ނެރެފައެވެ. އެގޮތުން ހުދު ސަމާލު ނެރިފައިވަނީ މިއަދުގެ 8:30 ހުން ފެށިގެން 14:30 އަށެވެ.

މިދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަސް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top