ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތުގެ ސަރވޭ ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހިރާއްޖެ އާއި ޗަިއިނާ އާއި ދެމެދުއެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބްއެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީ ޒިންގްއެވެ.
މި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ދިރާސާތައް ހެދުން ކުރިއަށް ދާނެކަމަށާ އެ މަރުހަލާގައި މަޝްރޫއުގެ ޓެކްނިކަލް ތަފްސީލުތައް ދެނެގަނެ، މަސައްކަތުގެ ޓެންޑާ މަރުހަލާއަށް ބޭނުންވާ ލިޔެލިޔުންތައް ތައްޔާރުކުރާނެ ކަމަށް އިމާރާތް ކުރުމާއި ބެހޭ ވުޒާރާއިން މައުލޫމަތު ދެއެވެ.
މީގެ އިތުރުން މި ދިރާސާތައް ކުރުމަށް ޗައިނާގެ ޚާއްސަ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާއިން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހިންގަވަން ނިންމެވި މަޝްރޫޢުއެކެވެ.






