Close

“ދަނޑުވެރި މަންފާ” ގެ ނަމުގައި ހިލޭ އެހީދޭ ސްކީމެއް ތަޢާރަފްކޮށްފި!

“ދަނޑުވެރި މަންފާ” ގެ ނަމުގައި ހިލޭ އެހީދޭ ސްކީމެއް ތަޢާރަފްކޮށްފިއެވެ.

އަލަށް ތަޢާރަފުކުރި މި ސްކީމަކީ ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކާ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން، އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އާ ގުޅިގެން ކުރިއަށްގެންދާ މެޕް ޕްރޮޖެކްޓްގެ ދަށުން އެސްޑީއެފްސީ އާއެކު ސޮއި ކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ތައާރަފް ކޮށްފައިވާ މެޗިން ގްރާންޓް ސްކީމެކެވެ.

މި ސްކީމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް އެވުޒާރާއިން ވަނީ ނިންމާފަ އެވެ.

މި ސްކީމް ހުޅުވާލަން ނިންމާފައިވަނީ މެޕްގެ ހަރަކާތްތައް ކުރިއަށްދާ ހއ. ހދ. އަދި ށ. އަތޮޅުން ހޮވާލާފައިވާ 26 ރަށެއްގައެވެ.

މި ސްކީމުގެ ދަށުން އެހީ ފޯރުކޮށްދޭން ނިންމާފައިވަނީ ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯތަކަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.

ފުރަތަމަ މި އެހީގެ ފުރުސަތު ހުޅުވާލަނީ ހަމައެކަނި ދަނޑުވެރި ކަމުގެ މަސައްކަތުގެ ދަށުން އުފައްދާ ތަކެތި އުފެއްދުމަށެވެ. އެގޮތުން ގްރީން ހައުސް އިންސްޓޯލް ކުރުމާއި ހައިޑްރޮފޯނިކް ސިސްޓަމްތައް ނުވަތަ އެފަދަ އެހެނިހެން ޒަމާނީ ދަނޑުވެރިކަމުގެ ވަސީލްތަތް ގާއިމްކޮށްގެން ދަނޑުވެރިކަން ކުރުމަށް ހުޅުވާލަން ވަނީ ނިންމާފައެވެ.

މި ސްކީމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލާނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީ ޕޯޓަލް އިންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top