Close

އައު މަޖިލީހުގެ ރައީސް ކަމަށް ޢަބްދުއްރަޙީމް، ނައިބުރައީސަކަށް ނާޒިމް!

އައު މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާއަށް އިންތިޚާބު ވެފައިވާ ޢަބްދުއްރަޙީމް ޢަބްދުﷲ އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިޚާބީ މެމްބަރު އަހްމަދު ނާޒިމް އައްޔަނުކުރުމަށް ޕީޕީއެމް ޕީއެންސީ އިން ނިންމައިފިއެވެ.

މިފަދައިން ނިންމާފައިވަނީ މިއަދު މުލިއާގޭގައި ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ކެބިނެޓުގެ ވަޒީރުންނާއި ޕީއެންސީގެ އިންތިޚާބީ މަޖިލިސް މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ފާއިތުވި 5 އަހަރު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމުގައި އެެންމެ އިސްކޮށް ހުންނެވި އަބްދުއްރަޙީމަކީ މީގެ ކުރިން ރައީސް ޑރ.މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. މަޖިލީހުގެ ނައިބު ރައީސް ކަމަށް އައްޔަނުކުރުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވި ނާޒިމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަން ކުރެއްވުމުގެ އިތުރުން ސަރުކާރުގެ މަތީ މަޤާމުތައް އަދާކުރައްވާފައިވާ، ސިޔާސީ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

މި މަހުގެ 28 ވަނަ ދުވަހު އައު މަޖިލިސް ހުވާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ 74 މެންބަރުންނާއެކު މަޖިލީހުގެ ސުޕަ-މެޖޯރިޓީ ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top