Close

ކޮންގްރެސްގެ ޕީޖީ ލީޑަރަކަށް ފަލާޙް!

ވެރިކަންކުރާ ޕީއެންސީ އަދި ޕީޕީއެމްގެ ޕާލިމެންޓް ގްރޫޕްގެ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ފަލާހު ހަމަޖައްސަވައިފިއެވެ.

އަދި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއު ހަމަޖެއްސުމަށް ވަނީ ނިންމައިފައެވެ.

ޝުޖާއު އާއި ފަލާހް ގެ އިތުރުން ވެސް ޕީޖީ ގެ ޑެޕިއުޓީ ކަމަށް އިތުރު ތިން މެމްބަރުން ހަމަޖެއްސުމަށް ރައީސް ޑރ.މުޢިއްޒު ވަނީ ނިންމާފައެވެ. އެ 3 ބޭފުޅުންނަކީ:

1) ވިލިމާލެ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އިސްމާއީލް

2) މަހިބަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހްމަދު ތާރިޤް

3) ހުޅުދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ޝާހިދު

މީގެއިތުރުން މުލިއާގޭގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ކެބިނެޓުގެ ވަޒީރުންނާއި ޕީއެންސީގެ އިންތިޚާބީ މަޖިލިސް މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަށް ޢަބްދުރަޙީމް ޢަބްދުﷲ ހަމަޖައްސަވައިފައިވާއިރު ނައިބު ރައީސްގެ މަޤާމަށް އަޙްމަދު ނާޒިމް ވެސް ވަނީ ހަމަޖައްސަވައިފައެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top