Close

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެނެސްފި!

މުދަލު ޒަކާތުގެ ނިޞާބަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބަދަލު ގެނެސްފިއެވެ.

މިގޮތުން މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ 2024 މޭ 22 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރަކީ 9353.40 ރުފިޔާ ކަމަށެވެ.

މީގެ ކުރިން މި އަހަރުގެ ޖެނުއަރީ މަހުވެސް ޒަކާތު ހައުސް އިން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފައިވާއިރު، އޭރު ނިޞާބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 7140 ރުފިޔާ އެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެނެވެ. އާންމުކޮށް މުދަލުގެ ޒަކާތުގެ ނިސާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރަށް ވެސް ބަދަލުތަކެއް އާދެއެވެ.

މުދަލު ޒަކާތް ދެއްކުން ވާޖިބުވަނީ އަހަރެއް ވަންދެން މުދަލުޒަކާތުގެ ނިޞާބު ހަމަވާވަރަށް އަތުގައި ފައިސާ ހުރެއްޖެނަމައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top