ރައީސް ޑރ މުޙައްމަދުގެ ވެރިކަމަށް 7މަސް ވެފައިވާއިރު ދެވަނަ ފަހަރަށް ޑީސަލާއި ޕެޓްރޯލްގެ އަގުހެޔޮކޮށްފިއެވެ.
ތެލުގެ އަގުތަކަަށް މިސަރުކާރުގެނެސްފައިވާ ބަދަލުތަކަށް ބަލައިލާއިރު މިހާރު ޕެޓްރޯލް ވިއްކާ އަގަކީ 13.98 ލާރިއެވެ. މީގެ ކުރިން ޕެޓްރޯލް ވިއްކާ އަގަކީ 14.33 ލާރިއެެވެ.
މިހާރު ޑީސަލް ވިއްކާ އަގަކީ 13.92 ލާރިއެވެ. މީގެކުރިން ޑީސަލް ވިއްކާފައިވަނީ 14.62 ލާރިއެވެ.
މިއާއިއެކު ޑީސަލް ލީޓަރަކުން 0.70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.35 ލާރި މިވަނީ އަގުހެޔޮ ކޮށްފައެވެ.






