Close

ދުނިޔޭގެ ކަނޑުތަކާއި ބެހޭ ދުވަހާއި ގުޅުވައިގެން މަސްރޭހެއް ބާއްވަނީ!

ދުނިޔޭގެ ކަނޑުތަކާއި ބެހޭ ދުވަހާއި ގުޅުވައިގެން މަސްރޭހެއް ބޭއްވުމަށް ނިންމައި އެމަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ޖޫން މަހުގެ އަށް ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަހާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން "އެންމެން މޫދަށް" ގެނަމުގައި ރާއްޖޭގެ ރަށްރަށުގައި އެކި ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

މި ހަރަކާތްތަކުގެ ތެރެއިން ޖޫން 7 ވަނަ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވާން އެވުޒާރާއިން މިހާރު ވަނީ ހުޅުވާލާފައެވެ.

އެގޮތުން މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބްތަކުން ތިރީގައިވާ ލިންކުގައިވާ ފޯމު ފުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

https://forms.gle/1U287ScyQyDJnc4G8

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ، މި މަސްރޭހުގައި އެއްވަނަ އަށްދާ ފަރާތަކަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ، ތިން ވަނައަށް 7،000 ރުފިޔާގެ އިތުރުން އެންމެ ބަރު މަސް ބާނާ ފަރާތަކަށް 1،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައެވެ.

ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަ ކުރުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވީހާވެސް ގިނަބަޔަކު ބައިވެރިވާ ހަރަކާތްތަކެއް ދެ ދުވަހު ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

ދުނިޔޭގެ ކަނޑުތަކާއި ބެހޭ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުންކޮންމެރަށެއްގައިވެސް މޫދުގެ ހަރަކާތްތަކެއްހިންގުމަށް ރަށު ކައުންސިލް ތަކާއިމުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މަސްރޭހުގެ އިތުރުން އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުމުރުން 8-15 ދެމެދުގެ ކުދިންނަށް ބާއްވާ "ބޮކިއެރުވުން" ޑައިވް ހަރަކާތެއްވެސް 8 ޖޫންގައި އޮންނާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top