ކަރަންޓް ބިލްތައް ބޮޑުވެ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އިތުރުވެފައިވަނި ކޮށް ކަރަންޓް ބިލާއި ގުޅޭ ޝަކުވާއެއް އޮތްނަމަ ސްޓެލްކޯއަށް ހުށައެޅުމަށް އެކުންފުނިން އެދެފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓު ބިލުތަކާއި ގުޅިގެން ހުށަހަޅަން ޖެހޭ މައްސަލަތައް އެ ކުންފުނީގެ ސާވިސް ނަންބަރު ކަމަށްވާ 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، [email protected] އަށް މެއިލް ކުރުމަށް ވެސް ސްޓެލްކޯއިން އެދެއެވެ.
މީގެއިތުރުން ސްޓެލްކޯއިން ބުނީ، ކަރަންޓުބިލާއި ގުޅިގެން ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރު ތެރޭގައި ޖަވާބުދާރީވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިމަސް ފެށުމާއި އެކު އައި ކަރަންޓް ބިލް އެތައް ތަނަކުން ބޮޑުވެފައިވުމުން އެތައް ރައްޔިތުންނެއް އަންނަނީ ނުރުހުން ފާޅުކޮށް ޝަކުވާތައް ކުރަމުންނެވެ.






