Close

މިިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީން “ވަރލްޑް ހެލްތު އެސެންބްލީ" ގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުން ރައީިިިސް މުޢިއްޒުގެ މަރުޙަބާ

ފަލަސްޠީން މިނިވަން ދައުލަތެއްގެ ގޮތުގައި 77 ވަނަ “ ވަރލްޑް ހެލްތް އެސަންބްލީ” ގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްޠީނަށް އެއެސަމްބްލީ އިން ދިނުމުން ރައީސް ޑރ މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ފަލަސްޠީނަށް ފުރިހަމަ ދައުލަތެއްގެ ހައިސިއްޔަތު ލިބިދިނުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް އެމަނިކުފާނުގެ ފުރިހަމަ ތާއީދުއޮތްކަން ފާހަގަކުރައްވަމުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގައި ފަލަސްޠީނުގެ ހައްޤުތަކާއި ދައުރު އިތުރަށް ފުޅާކުރުމަށް ހުށަހެޅި ޤަރާރާ އެއްކޮޅަށް ވޯޓުދިން 101 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ފާހަގަކުރައްވައިފައިވެއެވެ.

އަދި މިއީ ޕަލަސްޠީނަކީ ފުރިހަމަ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދުނިޔޭގެ ފެންވަރުގައި ތާއީދު އިތުރުވަމުންދާކަމުގެ ނިޝާނެއްކަން ރައީސް ޑރ މުޢިއްޒު ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ފަލަސްޠީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގައި ފަލަސްޠީނަށް ފުރިހަމަ މެންބަރުކަން ލިބުމަކީ ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ ތާއީދު ކުރާކަމެއްކަމަށާއި، އަދި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ޞުލްޙަ ޤާއިމުކުރުމަށް ކޮންމެހެން މުހިންމުކަމެއްކަމުގައިވެސް ރައީސް ޑރ މުޢިއްޒު ފާހަގަކުރައްވާފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top