Close

އިންޑިޔާގެ އާންމު އިންތިޚާބުގައި މޯޑީ ހޯއްދެވި ކާމިޔާބީއަށް ރައީސް މުޢިއްޒު މަރުޙަބާ ދަންނަވައިފި!

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯޑީ އެޤައުމުގެ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.

އިންޑިޔާގެ ބޮޑުވަޒީރަށް ރައީސް ޑރ މުޢިއްޒު ތަހުނިޔާ ވިދާޅުވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒުގެ މި ޕޯސްޓުގައި ބީ.ޖޭ.ޕީން ތިންވަނަ ދައުރަކަށް އިންތިޚާބު ކާމިޔާބުކޮށްފައިވާކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ތަރައްޤީއާ ހަމަޖެހުން ހޯދުމަށް ދެ ޤައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ޑރ މުޢިއްޒު ފާހަގަކުރައްވާފައި ވެއެވެ.

އިންޑިޔާގެ އާއްމު އިންތިޚާބުގެ މިހާތަނަށް ނަތީޖާ ނުކުމެފައިވާ ގޮތަށް ބަލާއިރު ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ގޮނޑިތައް، މޯދީގެ ޕާޓީއަށް އެކަނި ސަރުކާރެއް އެކުލަވާލެވޭވަރަށް ކާމިޔާބު ނުކުރެވުނަސް ލޮކް ސަބާގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާނީ ބީޖޭޕީ ހިމެނޭ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) އިން ކަމަށް ވަނީ ކަށަވަރު ވެފައެވެ.

އިންޑިޔާގައި އިއްޔެ ބޭއްވި އާންމު އިންތިހާބުން މިހާތަނަށް ގުނާފައިވާ ފޮށިތަކުން، އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން ބީޖޭޕީއަށް ލިބިފައިވަނީ 240 ގޮނޑިއެވެ. އިންޑިއަން ނޭޝަނަލް ކޮންގްރެސް އިންވަނީ 99 ގޮނޑި ނަގާފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top