Close

ޚާރިޖީ ވަޒީރު ޒަމީރު ސްރީލަންކާގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވައިފި!

ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސްރީލަންކާގެ ޚާރިޖީ ވަޒީރު އެމް.ޔޫ.އެމް އަލީ ސަބްރީއާ ބައްދަލު ކުރައްވައިފި އެވެ.

ވަޒީރު ޒަމީރު ސްރީލަންކާއަސް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބޭއްވެވި މިބައްދަލުވުމުގައި ރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ދެ ޤައުމުންވެސް މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި އިޤްތިޞާދީ ދާއިރާއާއި، ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށާއި، ޒުވާނުން ކުރިއެރުވުމަށްވެސް ވާހަކަ ދެކެވުނު ކަމަށް އެ ވުޒާރާއިން ހާމަ ކުރެއްވިއެވެ.

މި ބައްދަލުވުމާ ގުޅިގެން ސްރީލަންކާގެ ޚާރިޖީ ވަޒީރުވެސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިއަދު ބޭއްވުނު ބައްދަލުވުމަކީ ރަނގަޅު ބައްދަލުވުމެއް ކަމަށެވެ. އަދި ލަންކާއާއި ރާއްޖެއާ ދެމެދު، އިތުބާރާއި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް އޮންނައިރު، ކުރިއަށް އޮތް އަހަރުތަކުގައިވެސް މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު، ޚާރިޖީ ވަޒީރު ސަބްރީގެ ދައުވަތަކަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top